އުރީދޫ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާޅޭގައި އީދު ސައެއް ބާއްވަން ނިންމައިފި އެވެ.
އުރީދޫ ޢީދު ސައިގެ ނަމުގައި އުރީދޫ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ފިތުރު އީދު ދުވަހު އީދު ނަމާދަށް ފަހު ސަލްމާން މިސްކިތް ކުރިމަތީ ޢީދު ސައެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އުރީދޫން ބުނީ އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ބައްލަވައިގަނެވޭނެ ކަމަށެވެ. މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެންމެން އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.
އީދު ދުވަހު މަގުމަތީގައި ސައި ހަދައިގެން ގިނަ ބަޔަކު އެއްވެ އުޅުމަކީ ސަގާފީ ކަމެކެވެ. ކޮވިޑްގެ ބަލިމަޑު ކަމަށް ފަހު މިފަދަ އެއްވުންތައް މަދުން ނަމަވެސް މިހާރު އަންނަނީ ބާއްވަމުންނެވެ.
އީދު ދުވަހު ހެންދުނު އީދު ނަމާދަށް ފަހު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެސް އާންމުން މިގޮތަށް އީދު ސައިގެ ނަމުގައި އީދު ނަމާދަށް ފަހު އީދު ސައި ބޭއްވުމަށް އަންނަނީ ރާވަމުންނެވެ.