ހުޅުމާލެ ފޭސް 2 ގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 20 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓު ހިނގާފައި ވަނީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 3:15 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އަފިސަރު ވިދާޅުވީ، މި އެކްސިޑެންޓްގައި 20 އަހަރުގެ މީހަކައަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކޮށްފި
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އިސްތިއުފާދެއްވައިފި
އޮރިޖިނަލް ކާސްޓުންނާއެކު "އޯޝަންސް އިލަވަން"ގެ އާ ފިލްމެއް!
