ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވައިފި އެވެ.
އަފްޝަން ވިދާޅުވި ގޮތުގައި، އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ ފޮނުވާފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހަކީ އޭނާ ވަޒީފާއަށް ނުކުންނަވާނެ އެންމެ ފަހު ދުވަހެވެ.
އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. އަފްޝަން އަކީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ގުޅުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ހުސެއިން އަމުރުގެ އަނބިކަނބަލުންވެސްމެ އެވެ.
އައްލޫ އަރްޖުންއާއި އަޓްލީގެ "ރާކާ"އަށް ދުނިޔޭގެ ރެކޯޑެއް!
ނެޓްފްލިކްސްގެ ފިލްމު "ކްލިފް ބޫތު"ގެ ޓްރެއިލާ ރިލީޒް ކޮށްފި