ފިކުރެއްގެ ދިރުމުން ވަކި ގޮތްޕެއް ހަދަން ފޯމު ފުރަމުން ދިޔައީ އޮލުވާލައިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން އިއްޔެ ވަކިވި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަކި ޕާޓީއެއް އުފައްދަން އުޅޭތާ ލައްކަ ދުވަސް ވެއްޖެ ކަމަށެވެ. ފިކުރެއްގެ ދިރުން ނަމުގައި ފޯމު ފުރަމުން ދިޔަ އިރުވެސް އެކަން ފާހަގަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު ފޯމުތައް ފުރަމުން ދިޔައީ އެމްޑީޕީގެ ވަކި ގޮތްޕެއް ހަދަން ފުރާ ފޯމުގައި ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެކަން ކޮށްފައި އޮތީ ރައްޔިތުންނަށް ވަރަސް ބޮޑަށް އޮޅޭ ގޮތަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ޑިމޮކްރަޓިކް ޓަރާންސްޕޭރަންޓް ގޮތުގައި އެކަންކުރި ނަމަ ވަރަށް ރަނގަޅު ވީސް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެކަން އޮތީ ފާހަގަ ވެފަ އެއީ އެމްޑީޕީގެ ގޮތްޕެއް ހަދަން ފުރާ ފޯމުގައެއް ނޫން ފޯމުތައް ފުރަމުން ގެންދިޔައީ ކޮންމެސްވަރެއްގެ އޭގަ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަންތައް ކޮށްފައި އޮތީ. އޭގަ ސޮއި ކުރި ވަރަށް ގިނަ ބޭފުޅުން އެބަ ގުޅާ އޭގަ ސޮއިކުރީ ޕާޓީ ބަދަލުކުރަން ނޫން ކަމަށް ބުނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެންމެ މެމްބަރެއް ވެސް ޕާޓީން ވަކިވުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ހިޔާލުތަފާތުވެ ހާސިލްކުރަން ބޭނުންވާ ކަންކަމުގައި ކުރިއަށް ދެވޭނެކަން ގަބޫލުނުކުރެވޭ ނަމަ ބައެއް ބޭފުޅުން ހިޔާރު ކުރައްވާނީ އެހެން ގޮތަކުން ސިޔާސީ މަގު ކޮށަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދުއަށް ތާއީދުކުރައްވާ 12 މެމްބަރުން އިއްޔެ ވަނީ އެ ޕާޓީން ވަކިވެފަ އެވެ. އަދި ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަނީ ނިންމާފަ އެވެ.