އެމްޑީޕީން ވަކިވި 12 މެމްބަރުން އެޕާޓީން ވަކިވެފައިވާ ކަން އެބޭފުޅުން އަމިއްލަފުޅަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

އެމްޑީޕީން އަމިއްލަ އަށް ވަކިވި 12 މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބަހުސްގެ ވަގުތު ދީފައިވަނީ އެމްޑީޕީގެ ވަގުތެވެ. އެހެންވެ އެދުވަހުގެ ޖަލްސާ ހޫނުވެ ޖަލްސާ މެދުކަނޑާލަންވެސް ޖެހުނެވެ.

އެމްޑީޕީން 12 މެމްބަރުން އަމިއްލަ އަށް ވަކިވެފައިވާއިރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެހެން މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާރު ވަނީ އެ 12 މެމްބަރުން ވަކިވިކަން މަޖިލީހަށް އަންގާފައެވެ.

މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ނިޒާމީ މައްސަލަ ނަގަމުންނެވެ. މަޖިލިސް ހޫނުވެ އިރުކޮޅަކަށް މަޖިލިސް މެދު ކަނޑާލަން ވެސް ޖެހުނެވެ.

މަޖިލިސް މެދު ކަނޑާލީ އައްޑޫ މީދޫ ދާއިރަގެ މެމްބަރު ރޮޒައިނަ އާދަމް އަށް ދެފަހަރެއްގެ މަތީން ނަސޭހަތްދިނުމަށް ފަހު އޮޒައިނާގެ ނަން އިއްވި އެވެ. އަދި ރޮޒައިނަ މަޖިލީހުން ބޭރަސް ވަޑައިނުގަތުމުން ގަދަބާރުން މެމްބަރުން ބޭރަށް ނެރެން ބޭނުން ނުވާ ކަމަށް ރައީސް ނަޝީދު ވިދޅާުވި އެވެ. އަދި މަޖިލީހުގެ ޖަލްސާ ދެން ފެށީ ރޮޒައިނާ ނެތް ކަމަށް ބަަލައިގެންނެވެ.

އެމްޑީޕީގެ ވަގުތު ފިކުރެއްގެ ދިރުން މެމްބަރުންނަށް ދެއްވަނީ ކީއްވެތޯ ސުވާލުކުރުމުން މެމްބަރުންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ނުދެއްވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވިދާޅުވުމަށެވެ.

މަޖިލީހުގެ 12 މެމްބަރުން ދަފްތަރުން އުނިވާނީ އަމިއްލަފުޅަށް މަޖިލީހަށް ސިޓީ ފޮނުވުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުއަށް ތާއިދު ކުރާ 12 މެމްބަރުން މިއަދު ވަނީ އައު ސިޔާސީ ޕާޓީ އެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.