މާބަނޑު އަންހެނެއްގެ އޯވަރީން ކިލޯއެއްހާ ބަރުދަން ހުރި ބޮޑު ސިސްޓެއް ފުވައްމުލަކު ހޮސްޕިޓަލުން ނަގައިފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ހުރިހާ"އަށް މިއަދު ވިދާޅުވީ ހަ ހަފުތާވީ މާބަނޑު އަންހެނެއްގެ އޯވަރީން 885 ގްރާމްގެ ބޮޑު ސިސްޓެއް ނެގުންވެގެންދިޔައީ، އެތަނުގެ ނަރުހުންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ކަމަށެވެ.

މާބަނޑު އަންހެނެއްގެ އޯވަރީން ނެގި ސިސްޓްގެ ދިގުމިނުގައި 17 ސެޓިމީޓަރު އަދި ފުޅާމިނުގަ 12 ސެންޓިމީޓަރު ހުއްޓެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި މާބަނޑު އަންހެނެއްގެ އޯވަރީން ސިސްޓް ނެގުމުގެ އޮޕަރޭޝަންކުރަނީ. ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

"މި ހޮސްޕިޓަލުގެ ނަރުހުން ބުނީ އެތަނުގެ ތާރީޚުގައި ވެސް މިވަރުގެ ބޮޑު ސިސްޓެއް ނަގާފައި ނުވާކަމަށް. އެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް ހައިރާން ވެފައި،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ 33 އަހަރުގެ އެ އަންހެން މީހާގެ ބަނޑުގައި ސިސްޓެއް ހުރިކަން އެނގުނީ ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން ހެދި ސްކޭނަކުން ކަމަށެވެ.

https://www.facebook.com/fvmhospital/photos/pcb.1695997590538970/1695994757205920/

"އެ މީހާގެ ބަނޑަށް ތަދުވާވަރުން ކުއްލިއަކަށް މާލެއަށް ވެސް ފޮނުވޭކަށް ނެތް. ސްކޭން ބަލާފައި ޑޮކްޓަރު ނިންމީ އިމަޖެންސީކޮށް އޮޕަރޭޝަން ކުރަން،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މާބަނޑު މީހެއްގެ އޮޕަރޭޝަން ކުރީ ރިސްކު ބޮޑުކަން އެނގިހުރެ ކަމަށެވެ. އަދި އެ އޮޕަރޭޝަނަށް ފަހު އެ މީހާގެ ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޭންއިން ދެއްކި މިންވަރަށްވުރެ ވެސް އޮޕަރޭޝަންކޮށްފައި ނެގިއިރު ސިސްޓް ބޮޑު. އެ އޮޕަރޭޝަނަށްފަހު އެ މިހާގެ ހާލަތު ވަރަށް ގާތުން ދަނީ ބަލަމުން،" އަހުމަދު ވިދާޅުވި އެވެ.

"މިފަދަ ރިސްކް ބޮޑު އޮޕަރޭޝަނެއް އިމަޖެންސީ ހާލަތުގައި ކުރި ވަގުތަކީ މިފަދަ އޮޕަރޭޝަންތަކުގައި ވަކިކޮށްލާ ތަކެތި މި ހޮސްޕިޓަލުގެ ލެބޯޓްރީގެ ބެލުމުގެ ދަށުގައި މަތީފެންވަރުގެ އެހެން ލެބޯޓްރީތަކަށް ފޮނުވައިގެން ބައޮޕްސީ ފަދަ ތަހުލީލުތައް ހެދޭނެ އިންތިޒާމުތަކެއް ގާއިމުކުރުމަށް އަޖުމަ ބެލުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ފޮނުވަމުން ދާ ވަގުތެއްގައި،" އެ ހޮސްޕިޓަލުން ބުންޏެވެ.