ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން އެމަނިކުފަނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތުއުނާފް ކުރި މައްސަލައިގެ ޝަރީއަތް ބުދަ ދުވަހު ފަށަން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 552 މިލިއަން ރުފިޔާގެ ޖޫރިމަނާކޮށް، ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި ދައުވަގައި ހިމެނޭ 52 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވަނީ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހައިކޯޓުން ވަނީ އަންނަ ބުދަ ދުވަހު އެމަައްސަލައިގެ ޝަރީއަތް ފެށުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

މިމައްސަލާގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކުރުމަށް ފަހު 52 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ ވެސް ހައިކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ އަދި ތާވަލެއް ނުކުރެ އެވެ.

ރައީސް ޔާމީން ދައުލަތައް 52 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭޕްރީލް 11 ވަނަ ދުވަހު ހައިކޯޓުން ބާތިލް ކުރި އެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން އަމުރު ނެރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އެއީ އިޖުރާއީ އައިބެއް ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން އޮތީ ދައުލަތުން އެބުނާ އިޖުރާއީ އައިބެއްގެ ގޮތުގައި ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ރައީށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ހައިކޯޓުން ނިންމާފައި ވަނީ މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައި ނެތުމުން ފަހުން ކުރާ އަމުރަކުން އެ ފައިސާ ދައްކަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފައިސާ ދައްކަން އަމުރު ނެރެފައިވަނީ ހުކުމް ކުރިތާ ދެމަސްފަހުންނެވެ. އެހެންވެ އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.