އަންނަ ރިޔާސީ އިންތިހާބު ބަލިވުމުން ކުރިއަށް އޮތް 84 ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ގައުމު ދޫކުރައްވާ ފިއްލަވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސް އިން ރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވަހީދު ވިދާޅުވީ ރައީސް ސޯލިހު ބަލިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން އޮތީ އެންމެ 84 ވަރަކަށް ދުވަސް ކަމަށާއިި ރައީސް ސޯލިހު ބަލިވެއްޖެކަން އިއުލާން ކުރާ ދުވަހު މިގައުމު ދޫކުރައްވާ ފިއްލަވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރު ވެރިކަން ނިމުމަށް ފަހުގައި ދިމާވި މަޖުބޫރީ ހާލަތްތަކުގައި ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންނެވި ފަހުން ފެނިވަޑައިގަންނަވާނެ އަމިއްލަ އަށް ފިއްލަވާނެ ރައީސްއަކަށް ވާނެ އިބްރާހީމް މުހައްމަދު ސޯލިހު،" އޭނާ ވިދާޅުވި އެވެ.
ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މިހާރު މުޅި ރާއްޖޭގެ ސުޕަ މެޖޯރިޓީ ގެއްލެމުންދާ ކަމަށެވެ. އެގޮތުން މީގެ ކުރިން އެމްޑީޕީއަށް މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ މާލެ އަދި ތިނަދޫ ފަދަ ސުޕަ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުން އެމްޑީޕީ ނެތެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މިސަރުކާރު ނިމުމަކަށް އަންނާނެ ކަމުގެ އެއް ހެކި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ވަޒީފާ އުފައްދާ ބޮޑު ހޭދައެއް ކުރާކަމުގެ ތުހުމަތު އެންމެ އަޑުގަދަކޮށް ދެއްކީ އެމްޑީޕީން ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ސަރުކާރުން އެއަށް ވުރެ ގިނަ ސިޔާސީ މަގާމުތައް އުފައްދާ އެއަށް ވުރެ ގިނައިން ހަރަދު ކުރައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރުގާ ސިޔާސީ ވަޒީފާތަކުގެ މުސާރަޔަށް 300 މިލިޔަން ހަރަދުވާތީ އެކަމަށް ހަޖޫ ޖައްސަވާފަ ވަދޑައިގެންނެވި ރައީސް ޞާލިހުގެ ސިޔާސީ މަގާމް އެކަނި 1400 އިން މައްޗަށް ގޮއްސި އަދި ކުންފުނިތައް ނުލާ އެ 1400 އެއްހާ ވަޒީފަގަ ތިބި މީހުންގެ ތެރެއިން ގުނާލީމަ އެބަ ފާހަގަވޭ 100 އިން 70 ވަރަކަށް މީހުންގެ ތާއިދެއްވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ވެސް ތާއީދެއް ރައީސް ސޯލިހުއަށް ނެތް ކަމަށާއި 100 އަކުން 70 މީހުން ވެސް ސަރުކާރަށް ތާއީދު ނުކުރާކަން ހާމަވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ކަލޭ ބޮނޑިބޯން އޮތީ ކިތައް ދުވަސްކަމެއް ކަލެޔަކަށް ނުވެސް އެނގޭނެ