ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުންނަށް ނުވަދެވުމުން މަޖިލީހުގައި ހުރި ގޮނޑިތައް ނެރެ ރައީށް އޮފީހަށް ގެންދަން މަސައްކަތްކޮށްފި އެވެ.

މިހަފްތާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މިއަދުގެ ޖަލްސާ ވެސް ނުބާއްވަ އެވެ.

މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

މިދިޔަ ހަފްތާ މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރަގެ މެމްބަރި ހަސަން އަފީފް އެވެ. އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ.

އިދިކޮޅު ފަރަތްތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއަދުގެޖަލްސާތައް ނުބޭއްވިޔަސް ޕީޕީއެމް ކޯލިޝަންގެ ހުރިހާ މެމްބަރުންވެސް މަޖިލީހަސް ހާޒިރުވާނެ ކަމަށެވެ. ސައީދު ވިދާޅުވީ މަޖިލީހުގައި ތަޅު އަޅުވާފައި ނުބެހެއްޓޭނެ ކަމަށާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތެއް ހޯދަންޖެހޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ މެމްބަރުން މިއަދުވެސް މަޖިލީހަށް ދިޔަ އެވެ. ނަމަވެސް މަޖިލީހުގެ ޗެމްބަރަށް ނުވަދެވޭ ގޮތަށް ހުރީ ތަޅުލާފައެވެ.

އެމެމްބަރުން ވަނީމަޖިލީހުގެ އިދާރަގައި ހުރި ބައެއް ގޮނޑީތައް މަޖިލިސް ގޯތި ތެރެއަށް ނެރެފަ އެވެ. އަދި ބޭރަށް ނެރުނު ގޮނޑިތައް ރައީށް އޮފީހަށް ގެންދަންވެސް އެމެމްބަރުން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެހެން ނަމަވެސް މަޖިލީހުގެ ސެކިއުރިޓީން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ.

ޕީޕީއެމް ޕީއެންސީގެ މެމްބަރުން އިއްޔެވެސް މަޖިލީހަށް ވަޑައިގަތެވެ. އިއްޔެވެސް މަޖިލީހުގައި ޖަލްސާއެއް ކުރިއަކަށް ނުދެ އެވެ.