ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
މެމްބަރު އަހުމަދު ރަޝީދު ޕާޓީން އިސްތިއުފާދެއްވި ކަން ހާމަކުރެއްވީ، ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
ރަޝީދަކީ ފެބްރުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް ނަޝީދުއަށް ތާއީދުކުރެއްވި މެމްބަރެކެވެ.
ރައީސް ނަޝިދު ވަނީ އެމްޑީޕީން ވަކިވިކަން ޓުވިޓާގައި އިއުލާން ކުރައްވާފައި އެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވި އިރު އެމަނިކުފާނު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ނަމުގައި އައު ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ސެޕްޓެމްބަރު މަހު ބައްވާ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރަތުން ކެންޑިޑޭޓަކުވެސް ނެރޭނެ ކަން ހާމަކޮށްފަ އެވެ.
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ
އެ ޒަހަމްތައް އަދިވެސް އެބަހުރި: ހަރްޝަދުގެ ހިތި ލޯބީގެ ތަޖުރިބާ
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!
