އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝިދުވަނީ މިއަދު އެމްޑީޕީ އިން ވަކިވެވަޑައިގެންފައެވެ. އެކަން އިއުލާން ކުރައްވާ އެމަނިކުފަނު ވަނީ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ނަމުގަޔާއި އެމަނިކުފަނުގެ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވާ ހޯއްދަވައިދެއްވި ކާމިޔާބީއަށް ޝުކުރު ދަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުދާގޮތަށް ބަލާ އެމަނިކުފާނު އެ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުދެކޭ ކަމަށެވެ.

މިހާތަނަށް އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައި ނަޝީދު ވަނީ ސަރުކާރަށާއި އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެމްޑީޕީން މިއަދާ ހަމައަށްވެސް އެމަނިކުފާނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް އެވެ. އަދި އެމްޑީޕީގެ އަސާސްތަކާ ހިލަފަށް އެޕާޓީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ތަކުރަރުކޮށް ނަޝީދު ވަނީ ވދިާޅުވެފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތަސް ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދާ ޕާޓީއާ އެމަނިކުފާނު އަދި ގުޅިވަޑައިގެންފައެއްނުވެ އެވެ.