ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒު ގައިގައި ސައިކަލުން ޖެހުނު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މިދިޔަ ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއަށެވެ.

ސައިކަލް ދުއްވި މީހާ ފުލުހުންވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އެމީހާ ގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސްޖަހާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އެއާ އެމްބިއުލާންސްގައި މިއަދު ވަނީ އިންޑިއާގެ ކޮޗިންއަށް ގެންގޮސްފަ އެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ޒުވާނާ ފިލިކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް ފުލުހުން އެކަން ދޮގުކޮށް ބުނެފައިވަނީ އޭނާއަށް އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިނީ ކަމަށެވެ.