މާލެ އިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ މާލެ އިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރި ރިކާޑޮ ނަމަކަސް ކިޔާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން އދ ޕޮލިސް ޕޮލިސް އެސަރަހަށްދަށް ގޮސް ދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެވަގުތު ދޯނީގައި ތިބީ 8 މީހުން ކަމަށާ އެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ މޫސުމެކެވެ.

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ލެޔޯ އެލާޓް ވެސް ވަނީ ނެރެފަ އެވެ.

އެގޮތުން މެޓް އޮފީހުން މިހާރު ވަނީ ރ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމަޔަށް ނުވަ އަތޮޅު ހިމެނޭހެން ޔެލޯ އެލާޓް ނެރެފަ އެވެ.