އިދިކޮޅު ޕީޕީއެމް އިން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް މަޝްވަރާތައް ފަށައިފި އެވެ.

ދެ ޕާޓީން ވެސް ބުނީ މަޝްވަރާތައް ކުރަނީ އިންތިހާބާ ގުޅޭގޮތުންނާއި، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުންނެވެ. އަދި މި މަޝްވަރާތަކުގައި ގައުމުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ދެ ޕާޓީގެ ވިސްނުން އެއްގޮތްކޮށް އެކުގައި ކުރިއަށް ދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރި ކަމަށް ދެ ޕާޓީން ވެސް ބުނެ އެވެ.

ޕީޕީއެމް ޕީއެންސީން މަޝްވަރާތަކުގައި ބައިވެރިވީ ޕީޕީއެމް ކޯލިޝަން މިވަގުތު ހިންގެވުން ހަވާލުވެ ހުންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު އާއި މެމްބަރު ހުސައިން މުހައްމަދު ލަތީފް އާއި އަހުމަދު ތޯރިގު އެވެ.

އެމްއެންޕީގެ ފަރާތުން ބައިވެރިވީ އެޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް އާއި އަހުމަދު އުޝާމް އާއި ހުސައިން އިސްމާއިލްގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ފަޔާޒް އެވެ.

ޕީޕީއެމް ކޯލިޝަން އެމްއެންޕީ މަޝްވަރާތައް ފަށާފައިވާއިރު އެކޮމިޝަނުން ވަނީ ދަ ޑިމޮކްރެޓްސް އާއެކު ވެސް މަޝްވަރާތައް ފަށައިފަ އެވެ.