ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ފަށަން ކައިރިވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ކަރަންޓު ކެނޑުނީ އެސަރަހައްދުގެ ކަރަންޓު ބޯޑެއްގެ ސްވިޗްގިއާ ފެއިލްވެގެން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:30 އަށެވެ. އެހެން ނަމަވެސް އެވަގުތު ސުޕްރީމް ކޯޓުން ކަރަންޓު ކެނޑިފައިވާތީ ޝަރީއަތް ފެށުން ވަނީ ލަސްވެފަ އެވެ.

ސުޕްރީމް ކޯޓަށް ކަރަންޓު ލިބިފައި ވަނީ ގާތްގަނޑަކަށް 3:15 ހާއިރު އެވެ. ޝަރީއަތް ފެށުމަށް އަޑުއެހުމަށް ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށްފައި ވަނީ 3:16 ގަ އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން ކަރަންޓު ކެނޑުނީ އެސަރަހައްދުގައި ހުރި ކަރަންޓު ބޯޑެއްގެ ސްވިޗް ގިއާ ފެއިލްވެގެން ކަމަށެވެ. އަދި ވަގުތީ ގޮތުން އެމައްސަލަ ހައްލު ކޮށްފައިވާ ކަމަށާ އެކަމަށް ދާއިމީ ހައްލު ގެނައުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ޝަރީއަތް ފެށުމަށް ރައީސް ޔާމީން ކޯޓަށް ހާޒިރު ވައްދާނީ:ފޮޓޯ: ހުރިހާ

ކަރަންޓު ކެނޑިފައިވަނީ ހަމަ އެކަނި ސުޕްރީމް ކޯޓުން ނޫން ކަމަށާ އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އެ މައްސަލަ ފަށާނެ ކަމަށް އިއުލާންކުރުމުން ސުޕްރީމް ކޯޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެއްވެފަ އެވެ.