ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހަމަޖައްސައިފި އެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ.

ޑރ މުއިއްޒުގެ ރަނިންމޭޓަކަށް މެމްބަރު ހުސެން ހަމަޖައްސާފައިވާ ކަން މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން ކަމަށެވެ. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާން ނުޖެހުން ކަމަށެވެ.

ބެކްއަޕް ޕްލޭން އަކަށް ޕީއެންސީގެ ކެންޑިޑޭޓެއް ނެރެން ނިންމާފައިވީ ނަމަވެސް ޕީއެންށީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަށް ވާދަ ކުރެވޭގޮތް ވެއްޖެ ނަމަ ޕީއެންސީގެ ކެންޑިޑޭޓުގެ ފޯމު ނަގާނެ ކަމަށެވެ.

މުއިއްޒު އަކީ ބެކްއަޕް ޕްލޭނެއް ކަމަށް ވިދާޅުވި ނަމަވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމާފައިވަނީ ރައީސް ޔާމީން އަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕްލޭން "ބީ" އަކީ ޕީޕީއެމް ކެންޑިޑޭޓެއް ނެރުން ކަމަށެވެ. ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.