އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްމޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ފަރާތުން ފޯމު އިލެކްޝަންސްއާ ހަވާލު ކުރެއްވީ ނާޒިމެވެ. ނާޒިމްގެ ފޯމާއި އިލެކްޝަންސް އިން ހަވާލުވެޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

މި ރަސްމިއްޔާތުގައި ނާޒިމުގެ ރަނިން މޭޓު ޑރ. އަހުމަދު އަދީލް ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޕާޓީގެ އިސް ބޭފުޅުންނާއި އަދި އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މި އެވެ. އެ ޕާޓީގެ މެނިފެސްޓޯގައި ބޯހިޔާވެހިކަމަށާއި ޒުވާނުންނަށް ގިނަ ކަންތައްތަކެއްއް ކޮށްދިނުމަށް ވަނީ ވައުދުވެފަ އެވެ.

އެމްއެންޕީން ރިޔާސީ ކެންޑިޑޭޓް ނާޒިމް އިންތިހާބުގެ ކެމްޕޭނަށް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ވެސް ފޯމް ހުށަހަޅުއްވާފައިވެ އެވެ.

ރައީސް ސޯލިހް އަދި ނާޒިމްގެ އިތުރުން އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުالله ޔާމީނެވެ. އެހެންނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.