11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާތަކުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދެން މާގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްގައި ބައިވެރިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއެކު ވެސް މަސައްކަތް ކުރައްވާނެ ކަމާށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހުތިޖާޖު ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއެކު މަގުމަތީ ގައި ވެސް ތިބޭނަން. ރައީސް ޔާމީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ތަކުރާރުކޮށް ހަރުއަޑުން ގޮވާލެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
"ރައީސް ޔާމީން، ރައީސް ޔާމީން، ރައީސް ޔާމީން" ރައީސް ނަޝީދު އެފަދައިން ވިދާޅުވަމުން ގެންދެވި އިރު އެމަނިކުފާނުގެ ސަޕޯޓަރުން ދިޔައީ ޔާމީން ދޫކޮށްލެއްވުމަށް ގޮވާލަމުންނެވެ.
ރައީސް ޔާމީންއާއި މެދު މިސަރުކާރުން އަމަލުކުރަމުން ގެންދަނީ ކަންބޮޑުވާންޖެހޭ ގޮތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްއެމްޕީއާރުސީ ވައްކަމުގައި 273 މީހުން ހިމެނޭ އިރު އެމައްސަލައިގައި އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް ޖަލަށްލީމާ އެއީ އިންސާފުގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޖެހޭނީ ދޫކޮށްލަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ވިދާޅުވީ މީހުން ޖަލުން ނެރޭނެ ގޮތްވެސް އެމަނިކުފަނަށް އެނގިލައްވާ ކަމަށެވެ. އަދި އެއީ އެމްޑީޕީން ފައްކާކޮށްފައި އޮތް ނިޒަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު އެކުޅުއްވަނީ ބޮލުގެ އެއްޗެއްކަން ދަންނަންވާނެ. ސެޕްޓެންބަރ 9 އެއީ ވޯޓުލާދުވަސް. މީ ލައްކަ ވާހަކަ
ޕީޕީއެމް މިމީހާ ކާރިނުކުރާތި މުނިކާފާތް ފެށިގެން ވެރިކަމާ ތެޅޭބައެއްމީ އެހެން ނޫން ތޯ.