ރާއްޖޭގައި ބޭރު ސިފައިން ހަރަކާތްތެރިވާ ވާހަކަ ތަކަކީ ބުހުތާނު ދޮގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރ. އިނގުރައިދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ރަށްރަށަށް އަރާ ވަޑައިގަންނަވާއިރު ބޭރުގެ ސިފައިން ތިބޭތަން ފެންނަކަމަށް ވިދާޅުވާ ކަމަށެވެ.
ރައީސް އެވިދާޅު ވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ހދ. ހިރިމަރަދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަށެވެ. އެ ދުވަހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ހދ. ހަނިމާދޫ އެއާޕޯޓުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ބުނެ އެވެ.
އެވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކުން ބޭރުގެ ސިފައިން ނުފެންނާނެ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް އޮޅުވާލުމަށް އެފަދަ ވާހަކަތައް ނުދެއްކުމަށް ރައީސް ގޮވާލެއްވި އެވެ.
"ބައެއް ކެންޑިޑޭޓުން ރަށްރަށަށް އަރާއިރު ބޭރުގެ އެބަ ވިދާޅުވޭ ބޭރުގެ ސިފައިން ތިބެނީ އަރާ ފުރިފައޭ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ، ވެރިކަމަށް އަންނަން ކައިރިވެފައި ތިބޭ ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެދުމަކީ ހެޔޮވާވަރު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަކީ މިނިވަން ގައުމެއް ކަމަށާ ރާއްޖޭގެ އެއްވެސް ކަމަކަށް ބަސްކިޔާނެ ބޭރުގެ ބަޔަކު ނުތިބޭނެ ކަމަށެވެ.
މިއަދާއި ހަމައަށް އައިއިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ. 1. މުއިއްޒު 34 ހާސް 2. އިބޫ 28 ހާސް 3. ގާސިމް 21 ހާސް 4. އިލްޔާސް 8 ހާސް 5. ނާޒިމް 5 ހާސަް 6. އުމަރު ނަސީރު 2 ހާސް 7. ފާރިޝް 100 8. ޒަމީލް 20 މިތަނުން ބޮޑު ކުރިއެރުމެއް ހޯދީ މުއިއްޒު ދެން ކުރިއަރަމުން އަންނަނީ ގާސިމް އިބްރާހިމް ގާސިމަށް މާލޭގައި ކުނޫޒު ޖަގަހައިގައި ކޮންމެ ރެއަކު 9 އިން 12 އަށް މެދުކެނޑުމެއް ނެތި ޖަލްސާ ތައް ބާއްވާ ރާއްޖޭގައި އިންޑިއާ ސިފައިންތިބި ވާހަކަ ދައްކާ ހަދާނަމަ ބާރަށް ކުރިއަރާނެއޭ...