ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެ އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީން މިދިޔަ މެއި މަހު ވަކިވެވަޑައިގަތުމަށް ފަހު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ދަ ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އޭގެ ފަހުން ޝިޔާން މަސައްކަތް ކުރެއްވީ ޑިމޮކްރެޓްސްގެ ބޭފުޅުންނާ އެކު އެވެ. ނަމަވެސް ޝިޔާން މިރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެން، މެމްބަރުކަމުގެ ފޯމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ.
އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅެން ނިންމީ ދާއިރާ އާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކުރުމަށް ކަމަށެވެ.
ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަޣުލަބިއްޔަތާ އެކު ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު އެއްބުރުން އިންތިހާބު ކާމިޔަބު ކުރައްވާނެ ކަމަށް ޝިޔާން ވިދާޅުވި އެވެ.
އެމްޑީޕީ ކެމްޕޭން ލޯންޗު ކުރުން މި މަހުގެ 12 ގައި
އަދުލު އިންސާފުގެ ބާރަކީ އަނިޔާވެރިކަންނައްތާލާ ބާރަކަށް ވާންޖެހޭ
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!
