ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބޭނުންވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އުފަން ރަށް ހިންނަވަރުން މެޖޯރިޓީ ހޯދުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ކެމްޕެއިނަށް މިހާރު ގެންދަވަނީ ޅ. އަތޮޅަށް ދަތުރު ކުރައްވަމުންނެވެ. އަދި ރައީސް ޞާލިހު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެސް ހުންނެވީ ކެމްޕެއިނަށް ޅ. އަތޮޅުގަ އެވެ.
ރައީސް ޞާލިހުގެ އުފަން ރަށް ހިއްނަވަރަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ރައީސް ޞާލިހުގެ އުފަން ރަށުން މެޖޯރިޓީ ހޯދުން ކަމަށެވެ. އަދި އެންމެ ބޭނުން ވަނީ ވެސް އެރަށުން މެޖޯރިޓީ ނެގުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ މިރަށުން މެޖޯރިޓީ ނަގަން އެއީ ވަރަށް ބޮޑު ޗެލެންޖެއް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަގީން ތިބޭފުޅުން އެކަން ކުރައްވާނެކަން" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ނަގާ ވޯޓުން ރަށަށް ވުރެ ބޮޑަށް މުޅި ގައުމަށް އެންމެ ފައިދާ ވާނެ ގޮތަަކަށް ރައްޔިތުން ވިސްނުންތެރި ކަމާ އެކު ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހިންނަވަރުގެ މެޖޯރިޓީ ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އިރު ރައީސް ޞާލިހުވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ކަން ވޭތު ދިޔަ 25 އަހަރުވަންދެން ފުރުއްވާފަ އެވެ.
ރައީސް ޞާލިހުގެ އުފަން ރަށުން މުއިއްޒުއަށް މެޖޯރިޓީ ހޯދުން ވަނީ އުނދަގޫ ކަމަކަށެވެ.