އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ކޮޕީކުރައްވަމުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިން ވައުދުތައް ރައީސް ސޯލިހު ކޮޕީ ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު ރައީސް ސޯލިހު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން ވެވަޑައިގަންނަވާ ވައުދުތައް މުއިއްޒު ކޮޕީ ކުރައްވާކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހައުސިން ލޯނު ހަ ޕަސެންޓަށް ކުޑަކޮށްދޭނެކަމަށް ވިދާޅުވުމުން އިދިކޮޅު ކެންޑިޑޭޓް އަނެއް ދުވަހު ވައުދުވަނީ އެބޭފުޅާ ހައުސިން ލޯނު ފަސް ޕަސެންޓު ކުޑަ ކޮށްދޭނެ ކަމަށެވެ.
ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރަށަކަށް އަރާ ދައްކަވާ ވާހަކަ ޖެހިގެން އަންނަ ދުވަހު ރައީސް ސޯލިހު ދައްކަވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގދ. ތިނަދޫ އެމަނިކުފާނުގެ ވެރިކަމެއްގައި ސިޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ޖެހިގެން އައި ދުވަހު ރައީސް ސޯލިހު ތިނަދޫ ސިޓީއަކަށް ހައްދަވާފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކަންކަން ކޮށްދެއްވާނީ ނަމެއްގައި ނޫން ކަމަށެވެ. އަދި މި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ ނަމަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
މުއިއްޒު އެކަންޏެއް ނޫން އިދިކޮޅުގެ ކެންޑިޑޭޓުން މިވެނި ކަމެއް ކޮށްދޭނެ ކަމަށް ބުނާއިރު އަނެއްދުވަހު އިބޫވަނީ އެބުނާ ކަމެއް ފަށާދީފަ ނޫނީ ފެށުމަށް ތައްޔާރުވެފަ