ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު އައްޑު އަށް މިރޭ ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް އެ ސިޓީން ވަނީ ކިޔައިފަ އެވެ.

އައްޑޫ އަށް ރައީސް ޞޯލިހު ވަޑައިގަތީ އިރުއޮއްސުނު ވަގުތު އެވެ. އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ރައީސް ޞޯލިހަށް މަރުހަބާ ކިޔުމަށްޓަކައި ވަނީ ދިގު ސަފެއް ހަދައިފަ އެވެ.

ރައީސް އަށް މަރުހަބާ ދެއްނެވުމަށް އެއާޕޯޓުގައި ސަޕޯޓަރުން ވަނީ ތިން ގަޑިއިރު ކުރިން ކިޔޫ ހަދައިފަ އެވެ. އައްޑޫން ރައީސް ޞޯލިހަށް އޮތް ލޯތްބާއި ތާއިދު މިރޭ ފެނިގެން ދިޔަ އެވެ.

ރައީސް އައްޑު ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

އައްޑު ސިޓީގެ ރައްޔިތުން ބުނަނީ ރިޔާސީ އިންތިހާބުގައި މިފަހަރު ވެސް އެ ސިޓީގެ މެޖޯރިޓީ ރައީސް ނަންގަވާނެ ކަމަށެވެ. އައްޑު ސިޓީގެ 80 އިންސައްތަ ރައީސް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސްގެ ސަޕޯޓަރުން ބުނެ އެވެ. އައްޑޫ އިން މިރޭ ފެނިގެން ދިޔައީ އާދަޔާ ހިލާފު ޖޯޝާއި ފޯރިއެއްގައި ރައްޔިތުން ނުކުމެ ތިބި ތަނެވެ.

ރައީސް އައްޑު ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ރައީސްއަށް މަރުހަބާ ކިޔުމަށް ސަފުގައި ތިބި އާންމުން ވެސް ބުނަމުން ދިޔައީ "އިބޫ އޯކޭ" ކަމަށެވެ. އަދި އެއްބުރުން އިންތިހާބު ކާމިޔާބު ވާނެ ކަމަށެވެ. ރައީސް ޞޯލިހުއާ ސަލާމް ކުރުމަށް ހަދާފައިވާ ދިގު ކިޔޫ ފޭދޫ ފާލަމާ ހަމަޔަށް އޮތެވެ. އެތަނުން ވެސް ފެނިގެން ފިޔައީ އައްޑު ސިޓީން ރައީސް ޞޯލިހަށް އޮތް ލޯތްބެވެ.

ސަފުގައި ތިބި މީހުންނާ ސަލާންކުރެއްވުމަށް ރައީސް ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ހޭދަ ކުރެއްވި އެވެ.

ރައީސް އައްޑު ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

އައްޑު ސިޓީ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އައްޑޫ ސިޓީ ފުރުހަމަ ތަނެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވީ މި ސަރުކާރުން ކަމަށެވެ.

ރައީސް އައްޑު ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ