ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލް އާދަމް އާސިފް ޕީޕީއެމުން ވަކިވެ އެމްޑީޕީއާ މިއަދު ގުޅިއްޖެ އެވެ.
އާސިފް މިއަދު ޕީޕީއެމް އިން ވަކިވެ އެމްޑީޕީއަށް ސޮއިކޮށް ފޯމު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ހަވާލުކޮށްފަ އެވެ. އާސިފް ޕީޕީއެމް އިން ވަކިވި އިރު ހުރީ ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރުގެ ގޮތުގަ އެވެ.
ރައީސް ޔާމީންގެ ޝަރީއަތްތައް ކޯޓުގައި ކުރިއަށްދާއިރު، ފަހުން ބައްވާ ޝަރީއަތްތަކުން އާސިފް ފެނިފައެއް ނުވެ އެވެ.
ރައީސް ޔާމިންއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން ކަށަވަރުވުމާ އެކު ޑރ. މުއިއްޒު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމާ އެކު ދެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ.
ފަލަސްތީނު އަސީރުން މަރަން ހުއްދަ ދޭ ބިލެއް އިޒްރޭލުން ފާސްކޮށްފި
ޑްރަގްގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ނަދަމާ ޕީއެންސީ ކެމްޕޭންގަ!
ސްވިފްޓުން ބީއެމްއެލް ސަސްޕެންޑެއް ނުކުރޭ: ޝަރީފް
