އައްޑޫ ސިޓީ އަކީ އިގްތިސޯދީ އަދި ޓުއަރިޒަމްގެ މައި ހަބަކަށް ހަދާނެ ގޮތުގެ ތަސައްވަރި ހިމެނޭ "އުފާވެރި އައްޑޫ" މެނިފެސްޓޯ އިފްތިތާހް ކޮށްފި އެވެ.

އައްޑު ސިޓީ ގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އައްޑު ސިޓީ އަށް ހާއްސަ " އުފާވެރި އައްޑު" މެނިފެސްޓޯ ލޯންޗުކޮށްފަ އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އައްޑު ސިޓީއަށް ސަރުކާރުން ކޮށްދީފައިވާ ބައެއް ކަންތައްތައް ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ މިދައުރުގައި 194 ހެކްޓަރުގެ ބިން ހިއްކިއްޖެ ކަމަށާ މުޅިން އަލަށް އުފެއްދޭ ފަސް ރިސޯޓުގެ ތެރެއިން ތިން ރިސޯޓް ހިއްކާ މިހާރު ނިމިފައިވާ ކަމަށެވެ.އަދި 124 ކިލޯމީޓަރުގެ މަގު އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅާ ނިމެމުން އަންނަކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ގަން އިންޓަނޭޞަނަލް އެއާޕޯޓްގައި 1984 ވަނަ ހަރުކުރެވިފައިވާ، އެއީ މީގެ 40 އަހަރު ކުރިން ހަރުކުރެވިފައިހުރި އިކުއިޕްމެންޓްތައް އަދި ކިރިޔާ އެ ބަދަލު ކުރެވެނީ. ގައިމު ދުވަސްތަކެއް ވެއްޖެތާ. ސަރުކާރުތަކެއް ބަދަލުވެއްޖެ. މިއަދު އަދިކިރިޔާ އެތަނަށް ތަރައްގީއެއް އެ ލިބެނީ. ހަންކެޑެ އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ސޮއިކޮށް ތަރައްގީކުރުމުގެ މަސައްކަތް އެވަނީ ފަށަން ތައްޔާރުވެފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

"އުފަވެރި އައްޑު" މެނިފެސްޓޯ ގައި ހިމަނާފައި ވަނީ ހައުސިން ޔުނިޓުތައް އެޅުމަށާ ގޯތީގައި ގެދޮރު އިމާރަތް ކުރުމުގެ ލުއި ފަސޭހަކަން ދިނުމަށާ އާރްޓީއެލް ނިޒާމާއެކު އައްޑޫ ސިޓީ ގުޅުވާލުން ހިމެނެ އެވެ.

ޒަމާނީ ވިޔަފާރީގެ ހަބަކަށް އައްޑޫ ބަދަލުކޮށްލުމަށް ހަބްތަކަށް އިންވެސްޓްމަންޓްތައް ގެންދިއުމަށް ބާރު އެޅުމާއި، ޕޯޓު ތަރައްގީކޮށް ޓެކްސް ފްރީ ޒޯނަކަށް ހެދުމާއި، އިގްތިސޯދީ ކުރިއެރުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.