އެމްޑީޕީން ވިސްނަންވީ ދެން އުފެދޭ ރިޔާސތެއްގެ ބާރުތަކާ މެދު ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ޑީމޮކްރެޓްސް އިން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އަދި މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.

ރައީސް ނަޝިދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ވާހަކަދައްކަވާ ބޭފުޅެކެވެ. ރާއްޖެއަށް އެންމެ ރަނަގަޅު ވެރިކަމުގެ ނިޒާމަކީ ވެސް އެއީ ކަމަށް އެމަނިކުފަނު ވަކާލާތު ކުރައްވަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞޯލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެމްޑީޕީން މި ވަގުތު ވިސްނަންވީ އުފެދެންއުޅޭ ރިޔާސަތުގެ ބާރުތަކާ ގުޅޭގޮތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ފަރަތުން އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ގައި ވެސް ވަނީ ނިޒާމު ބަދަލު ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށެވެ.

އެހެން ވީމާ މިމަހުގެ 30 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިހާބުގެ ކުރީން ނިޒާމާ ގުޅޭ ވޯޓު ނެގުމަށް އިލްޔާސް ލަބީބު ވަނީ ގޮވާލައްވައިފަ އެވެ.