ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު އެނބުރި މާލެ ވަޑައިގެންފި އެވެ.
ގާސިމްއާ ބައްދަލުކުރެއްވުމަށް ރައީސް ސަން އައިލެންޑަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު ހަވީރު އެވެ. ދެ ދުވަހުގެ މަޝްވަރާތަކަށް ފަހު މިއަދު ހަވީރު ރައީސް ވަނީ މާލެ ވަޑައިގެންފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ރައީސް އާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާނެ ކަމަށެވެ. ރައީސްއާ އެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ގާސިމް ނުނިންމާ ކަމަށް ވެސް ޖޭޕީން ބުނެ އެވެ.
ރައީސް މާލެ ވަޑައިގެންނެވި ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ އެކު އަދިވެސް ސަން އައިލެންޑްގައި މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅެގޮތުން ގޮތެއް ނިންމުމަށް މިދިޔަ ބުދަ ދުވަހު ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމި އެވެ. އެހެން ނަމަވެސް ރައީސް އާއި ގާސިމް ބައްދަލުކުރައްވާތީ ކައުންސިލް ބައްދަލުވުން ވަނީ ފަސްކޮށްފަ އެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ވަފުދެއް ވެސް ވަނީ ގާސިމްއާ ސަން އައިލެންޑުގައި ބައްދަލުކޮށްފަ އެވެ.
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
