ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު އިތުރުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދުން ފެށިގެން ކޮންމެ ދުވަހަކު މާލޭގެ ގެތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަން ނިންމަވައިފި އެވެ.

އެމްޑީޕީން ބުނީ ރައީސް ޞާލިހު މިއަދުން ފެށިގެން ކޮންމެ ދުވަހަކު މާލޭގައި ދޮރުންދޮރަށް ހިންގަވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިއަދު ރައީސް ސޯލިހު ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ގޭގެއަށް ވަޑައިގެންފަ އެވެ.

އެމްޑީޕީން ބުނީ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވަން ނުޖެހޭ ނަމަ އަދި ރަސްމީ މަސައްކަތެއް ނެތް ނަމަ އެމަނިކުފާނު ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ކުރައްވާނެ ކަމަށެވެ.

ރައީސް ކެމްޕެއިނަށް މިއަދު ހަވީރު މާލޭގެ ގޭގެއަަށް ޒިޔާރަތް ކުރައްވަނީ: ފޮޓޯ އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެ އިތުރުން މާލޭގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ.

ރައީސް ކެމްޕެއިނަށް މިއަދު ހަވީރު މާލޭގެ ގޭގެއަަށް ޒިޔާރަތް ކުރައްވަނީ: ފޮޓޯ އެމްޑީޕީ

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހަށް 85،989 ވޯޓު ނުވަތަ %39 އާ އެކު ލިބިވަޑައިގެންނެވީ ދެ ވަނަ އެވެ. އެއްވަނައަށް ދަތުރުކުރެއްވި ޕީޕީއެމް- ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަަށް 100،691 ވޯޓާއެކު 46 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ.

ރައީސް ކެމްޕެއިނަށް މިއަދު ހަވީރު މާލޭގެ ގޭގެއަަށް ޒިޔާރަތް ކުރައްވަނީ: ފޮޓޯ އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު ދެވަނަ ބުރުގައި އެމަނިކުފަނު ވަނީ ކެމްޕެއިން ވަރުގަދަ ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ ކަމަށާއި ދެވަނަ ހާފުގައި ނަތީޖާ ކަށަވަރުކަމާއެކު ބަދަލުވާނެ ކަމަށް ކަމަށެވެ.