ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ކެންސަ ސްކްރީނިން ކްލިނިކެއް ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި މި ކްލިނިކް ހުޅުވުމުގެ ބޭނުމަކީ ކެންސަރާ ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް އެންމެ އެކަށޭނެގޮތުގައި ދެނެގަނެ މެހެމާނުންނަށް ފޯރުކޮށްދިނުމެވެ.

ޓީޓީއެޗް ކެންސަ ސްކްރީނިން ކްލިނިކް ކުލަގަދަ ގޮތެއްގައި ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ކެންސަ ސްކްރީނިންގް ކްލިނިކް ހުޅުވުމުގެ މަގްސަދަކީ ފެމިލީ މެޑިސިން، އޮންކޮލޮޖީ، ގޭސްޓްރޯއެންޓަރޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕަލްމޮނޮލޮޖީގެ އިތުރުން އިންޓާނަލް މެޑިސިންގެ ތަޖުރިބާކާރުން ހިމެނޭ މަލްޓިސްޕެޝިއަލްޓީ ޓީމަކާ ގުޅިގެން މެހެމާނުންނަށް ޕްރިވެންޓޭޓިވް މެޑިސިން ނުވަތަ ކެންސަރު ބަލިން ސަލާމަތްވެ ރައްކާތެރިވުމަށް ކުރެވޭނެ ބޭސްފަރުވާ ފޯރުކޮށްދީ ހިތްވަރުދިނުމެވެ. އެހެންކަމުން ކެންސަ ސްކްރީނިންގް ކްލިނިކްގެ ޚިދުމަތްތަކުގެ ތެރޭގައި ކެންސަ ބަލީގެ އެކި އެކި ބާވަތްތަކުން ރައްކާތެރިވުމަށާއި، އަދި ކެންސަރ ބަލީގެ އަލާމާތްތައް ދެނެގަންނާނެ ގޮތް ފޯރުކޮށް ދިނުން ހިމެނޭ ކަމަށް ޓީޓީއެޗް އިން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.