ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ތަރުހީބަށް ބަލާ މިހާރު ފެންނަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވާ ތަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިއަދު ވަނީ މާލޭގެ މާފަންނު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. އަދި އެމްޑީޕީ އިން ވަނީ މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފަށައިފަ އެވެ.
މާލޭގައި މިއަދު ދޮރުން ދޮރަށް ހިންގެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފަނު މިހާރު މާލޭގެ ގޭގެއަށް ކުރައްވާ ޒިޔާރަތުން ފެނިގެން ދަނީ އިންތިހާބު ކާމިޔާބުވާ މަންޒަރު ކަމަށެވެ. އަދި އިންތިހާބުގެ ފުރަތަމު ބުރާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް މިހާރު ފެންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އުމްމީދު ކުރައްވާ ގޮތުގައި އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން މޮޅުވާ މަންޒަރު ފެންނަމުންދާ ކަމަށް ރައިސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި އެއްކޮޅަށް ނިމިގެންދާތަން މިހާރު މި ފެންނަނީ. އެކި ޕޯލްތަކުގެ އަޕްޑޭޓްތައް މިއަދުވެސް ލިބުނު، އަޅުގަނޑުގެ އެދުމަކީ 30 ވަނަ ދުވަހު ނުކުމެ އަޅުގަނޑުމެންނަށް ވޯޓު ދެއްވުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އުމުރުން 65 ވުމުން ލިބޭ އިނާޔަތް ބޮޑޫ ކުރަން ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބައެއް އެކަން ބަލައިގެންފައިވާތަން ފެންނަ ކަމަށެވެ. އަދި އެއީ ވަރަށް ގިނަ ބަޔަކު އެދިއެދި ތިބި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ހުވަފެންބަލަން ހުންނާތި