ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް އަހުމަދު) ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
މެމްބަރު ރަޝީދު މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެން އުފެއްދި ދަ ޑިމޮކްރެޓްސް އަށް ރައީސް ނަޝީދު އާއެކު ރަޝިދު ވަނީ ސޮއިކުރައްވައިފަ އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ އެއްވެސް ހަރަކާތަކުން ރަޝީދު ފެނިގެނެއް ނުދެ އެވެ.
ރަޝީދު މިރޭ ޑރ. މުއިއްޒުއަށް ތާއީދު ކުރިކަން ހާމަކޮށް އައްޑޫގައި ޑރ. މުއިއްޒު ބޭއްވި ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ އިންތިހާބުގެ ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އެއާއެކު ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން ޑރ. މުއިއްޒުއަށް ތާއީދުކުރަން ވަނީ ފަށަފަ އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!
ރޯދަ މަލާފަތް: ތަފާތު ކޮށްލަން ކަށިކެޔޮ ކަނދި ކިހިނެއް ވާނެ؟

ސާލިހު އަށް ދިމާވި އެންމެ ބޮޑުމައްސަލަޔަކީ އެންމެފަހުވަގުތުވެސް މުއިއްޒު ގެ އާއިލާޔާ ޖައްސާލާ އިންތިހާޔަށް ދޮގުހެދުން ، ދެން ފައްޔާޒު ކަހަލަ ނާގާބިލް މީހުންގެ ބަސް ގަބޫލްކޮށް އެޅިހާބަތަކަށް ރިހަވުން. ދެން ކުރާނެކަމެށްނެތް ނޯ ޓައިމް.