އެމްޑީޕީ ދެމިއޮންނާނީ ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ 126،842 ވޯޓާ އެކު އެވެ.

ފައްޔާޒް އިސްމާއީލް "އެކްސް" ގައި ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއަށާއި ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ދެމިއޮންނާނީ ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީކޮށް، ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހިމާޔަތްކުރުން ކަށަވަރުކޮށްދިނުމުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 126،842 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 108،500 ވޯޓެވެ.