ސަރުކާރު ބަންދުވިޔަސް މާދަމާ ޕާސްޕޯޓް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ މިމަހުގެ ދެ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އިމިގްރޭޝަންގެ ވިސާ އަދި ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މާދަމާ ހެނދުނު 08:30 އިން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެ ހިދުމަތަށް އެދެވޭނީ ކިޔުބީ މެދުވެރިކޮށް ނަމްބަރު ނަގައިގެންކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ. އަދި ވިސާގެ ހިދުމަތް ހެނދުނު 9 އަކުން ފެށިގެން މެންދުރުފަހު 2 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ހާމަކުރެ އެވެ.

ޕާސްޕޯޓް ހެއްދުމުގެ ހިދުމަތަކީ ރައްޔިތުންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް އިމިގްރޭޝަނުންވަނީ އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ހަމައެއާއެކު ވިސާގެ ހިދުމަތްވެސް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް އިމިގްރޭޝަނުންވަނީ ހަމަޖައްސައިދީފަ އެވެ.