ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޝަރީފަށް ހަމަލާ ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މެންހަޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައި ހުންނަވަނިކޮށެވެ. އެ ހަމަލާގައި އޭނާގެ ލޮލާ ދިމާލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ.
ފުލުހުން ބުނީ ޝަރީފަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހަކު 60 ދުވަހަށް އަދި 24 އަހަރުގެ އަނެއް މީހާ 39 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އިންތިހާބު އޮތް ދުވަހު މަވޯޓާއަށް ހަމަލާދީފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.
އުމުރުން 70ގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރަންވީ މިހާރު!
އާރްޑީސީން 11 މިލިއަން ދައްކަން ހުކުމެއް
އެހެން މީހުންނަށް އެހީވުމަކީ ޒުވާންކަން އިތުރުވާ ކަމެއް: ދިރާސާ