ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލާ އިންތިގާލީ ކޮމެޓީގެ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ހަމަޖައްސަވައިފި އެވެ
އާ ސަރުކާރުގެ އިންތިގާލީ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް ހަމަޖައްސައިފި އެވެ.
ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ވެރިޔަކަށް ކަނޑައަޅާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނަކަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވި ފިރުޒުލްއަކީ މިސްރުގެ އަޒުހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ދ. ކުޑަހުވަދު އަށް އުފަން ފިރުޒުލް "ދަ އިލްމު އިންސްޓިޓިއުޓް" ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި އެވެ.
މި ގޮތުން ރައީސް ސޯލިހް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާފަ އެވެ. އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރު ހަމަޖެއްސަވާފައިވާއިރު ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ