އުންމީދަކީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ ޕީއެންސީން ހޯދުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕީޕީއެމް/ޕީއެންސީ އަށް ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވުން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ފެނުނީ ޕީޕީއެމް ޕީއެންސީއާ އެކު ޤައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ރައްޔިތުން ބޭނުންވެފައި ތިބި މަންޒަރު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެންމެ ބޮޑަށް މި ބޭނުންވަނީ ޓޫ-ތާޑް މެޖޯރިޓީއެއް ލިބޭ ވަރަށް މެމްބަރުން ހޮވުން، 60 އަށްވުރެ ގިނަ މެންބަރުން ޕީޕީއެމް/ ޕީއެންސީގެ ފަރާތުން މަޖިލީހުގައި އަދި އަޅުގަނޑުމެންނާއި ގުޅިފައި ތިބި މެންބަރުންނާ އެކީގައި އަޅުގަނޑުމެންގެ ކޯލިޝަނަށް ސްޕަ މެޖޯރިޓީ ލިބުން." މުއިއްޒު ވިދާޅުވި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ ތައުލީމީ، ރައްޔިތުން ބަލައިގަންނަ ބައެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އާ މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުވުމަކީ އުންމީދެއް ކަަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށްވުން ކަމަށެވެ.
ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
ހުޅުމާލެ 3ވަނަ ފިޔަވަހިން ދިން ގޯތިތަކުގެ ގުރުލުން ހޮނިހިރުގައި
ބާޖަކުން ގެއްލުނު މީހަކު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ

ހުވާ ނުކުރެވެނީސް ކަންކުރަން ފެށިގޮތް ނޭނގެންޏާ ޕީޕީއެމް މެމްބަރުން ތިޔަ ތިބީ އެކީ އެއްފަހަރާ ދޮޅުރޯނާވެ ނިމިފައި
އަދުރޭއަށްއެފަދަބާރެއްދޭކަށްނުވާނެ