ދިވެހިންގެ މެދުގައިވެސް މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 17 ފަށައިފި އެވެ. ކަލާޒް ޓީވީ ގެނެސްދޭ މިރިއަލިޓީ ޝޯގައި މިފަހަރުގެ ސީޒަންގައި 17 ބައިވެރިން ވާދަކުރެ އެވެ. މިފަހަރުގެ ސީޒަންވެސް ހޯސްޓްކުރާނީ އެހެން ސީޒަންތައްވެސް ހޯސްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި ވަނީ ބިގްބޮސް ގޭގެ ބައެއް ގަވައިދުތައް ބަދަލުކޮށްފަ އެވެ.

މިފަހަރުގެ ސީޒަންގައި ހިތާއި ސިކުނޑި އަދި ބާރު ބޭނުންކޮށްގެން ކުރިއަށް ދިޔުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.

މިފަހަރު "ބިގްބޮސް 17" ބައިވެރިވާ ފަންނާންގެ ތެރޭގައި މަންނާރާ ޗޯޕްރާ އާއި މުނަވަރު ފާރޫގާއި އައިޝްވާރިޔާ ޝަރުމާ އާއި އޭނާގެ ފިރިމީހާ ނީލް ބަޓް އަދި އަންކިތާ ލޮޚާންޑޭ އާއި އޭނާގެ ފިރިމީހާ ވިކީ ޖެއިން ފެނިގެންދާނެ އެވެ. މީގެ އިތުރުން އީޝާ މަލްވިޔާ އާއި އަބިޝެކް ކުމާރުވެސް މިޝޯގައި ފެނިގެންދާނެ އެވެ.

ކުރީގެ ސީޒަންތަކާ ހިލާފަށް ބިގް ބޮސް 17 ގެ ގެއަކީ އޯވަ ދަ ޓޮޕް ލަވިޝް އިންޓީރިއާތަކެއް ހުރި ގެއެއް ނޫނެވެ.

ބިގްބޮސް 17 ދައްކާނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ރޭ 930 ގަ އެވެ. އަދި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޭ 830 ގަ އެވެ. މީޑިއާނެޓް މެދުވެރިކޮށް ބިގްބޮސް 17 ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.