އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވަލުކޮށްފައި ވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ޔޮޓް މެރީނާ އާއި ކުރޫޒް ޓާމިނަލް ހަދަން ނިންމާފައި ވަނީ ފޭދޫ އާއި ގަން ހިމެނޭ ގޮތަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެއްލައްކަ އަކަފޫޓްގެ ބިމެއް ވަނީ ކަނޑައަޅައިފަ އެވެ.

ޔޮޓް މެރީނާ އަކާއި ޓާމިނަލެއް ހެދުމުގެ ވާހަކަތައް 2021 ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ދައްކަމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި ފޭދޫ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަށް ބިން ކަނޑައަޅާފައިވެ އެވެ. ފޭދޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާނިމިނަލަކާ އެކީ 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ވެސް އެ ޕްލޭންގައިވެ އެވެ.

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި އެތަން ތަންތަން އޮޕަރޭޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ.