ފަލަސްތީނަށް އެހީވުމަށް އާބަންކޯ އިން ހުޅުމާލޭގައި މިހަފްތާ ބަންދުގައި ބޭއްވުމަށް ނިންމި ހަރަކާތްތައް މޫސުން ގޮސްވުމުގެ ސަބަބުން އެހެން ދުވަހަކަށް ފަސް ކޮށްފި އެވެ.

އާބަންކޯ އިން އިސްނަގައިގެން ފަލަސްތީނަށް އެހީވުމަށް މި ހަފްތާ ބަންދާއި އަންނަ ހަފްތާގެ ބަންދުގައި ބޮޑު ތިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން އާބަންކޯއިން މިހާރު ވަނީ އެހަރަކާތްތައް އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.

އަބަންކޯއިން ބުނީ މިއަދު ހަވީރު ސެންޓްރަލް ޕާކްގައި ފެށުމަށް ހަމަަޖެހިފައިވާ "ވީ ސްޓޭންޑް ވިތު ފަލަސްތީން" އިވެންޓް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވާ ކަމަށެވެ. އަދި މިހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށްވެސް އާބަންކޯއިން ބުނެ އެވެ.

ފަލަސްތީނަށް އެހީވުމަށާ ފަލަސްތީނާ އެކު ތިބިކަން ދައްކުވައި ދިނުމަށް މި ހަފްތާ ބަންދުގައި ގިނަހަރަކާތްތަކެއް ރާވަފައިވެ އެވެ. އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ރާއްޖޭގެ ބައެއް އިލްމުވެރީންނާ ގުޅިގެން "ފަލަސްތީނުގެ ހާލަތާ މެދު" މި މައުލޫއަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. މި ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު ހިޔާ ޕާކުގަ އެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މޯމްސް ޖަމިއްޔާއާއި ގުޅިގެން ފަންޑް ރައިޒިން އިވެންޓެކެވެ. މި ހަރަކާތް ކުރިއަށް ދާނީ މާދަމާ ހަވީރު ހިޔާ ސަރަހައްދުގަ އެވެ.

ތިން ވަނަ ހަރަކާތެއްގެ ގޮތުން މި މަހުގެ 28، 29، 30 މި ތިން ދުވަހު ކޭކް ޑޯނާސް އިން ބާއްވާ ފަންޑް ރެއިޒިން ހަރަކާތެއް އޮންނާނެ އެވެ.

ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުމަކީ އާބަންކޯގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.