ކަލާސް ޗެނަލުން ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް 17" މިހާރު ފަށައިގެން ކުރިއަށްދާއިރު މިދިޔަ ހަފްތާގައި ވައިލްޑް ކާޑްގެ ގޮތުގައި ޝޯއާ ގުޅުނު މަނަސްވީ މަމް ޝޯއިން ވަކިވެއްޖެ އެވެ.

"ބިގް ބޮސް" ގެ 11 ވަނަ ސީޒަންގެ ބައިވެރިން ބިގް ބޮސްގެ ގޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ކުރީގެ ސީޒަންތަކަށް ވުރެ މާ އަވަހަށް މިފަހަރު ބިގް ބޮސް ގޭތެރެ ވަނީ ހަލަބޮލިވެފަ އެވެ. ޒުވާބުކުރުމާއި ގަޔަށް އަތްލާ ހިސާބަށް ވަރަށް ގިނަ ފަހަރު އެކި ބައިވެރިން ކަންތައްތައް ދުއްވާލާފައިވެ އެވެ.

ބިގްބޮސްގައި މިދިޔަ ހަފްތާގައި ނޮމިނޭޓްވީ މަނަސްވީގެ އިތުރުން ސަނާ ރައީސް ހާނާއި އަރުން ސްރީކާންތު މަހާޝެޓީ އާއި އިޝާ މަލްވިޔާ އާއި އޭނާގެ ލޯބިވެރިޔާ ސަމާތު ޖުރެލް އެވެ. ސަމާތު އަކީވެސް މިދިޔަ ހަފްތާގައި ޝޯއާ ގުޅުނު ބައިވެރި އެކެވެ.

އެކަމަކު އެންމެ މަދުން ވޯޓު ލިބުމުން ރޭގެ އެޕިސޯޑުގައި ޝޯއާ އަލްވަދާއު ކިޔަން ޖެހުނީ މަނަސްވީ އަށެވެ.

މިފަހަރުގެ ސީޒަން އެހެން އަހަރުތަކާއި ހިލާފަށް ކުރިއަށް ގެންދާއިރު "ބިގްބޮސް"ވެސް ބައިވެރިންނަށް ކުރިއަށްދާވީ ގޮތުގެ ހިޔާލާއި މަޝްވަރާދެ އެވެ. އަދި ބިގްބޮސްގެ ފެވަރިޓް ބައިވެރިންވެސް މިފަހަރު ސީޒަންގައި ފެނިގެންދާނެ އެވެ.

މިފަހަރުގެ ސީޒަން އެހެން ފަހަރުތަކާއި ހިލާފަށް ތިން ގެޔަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިންގެ މެދުގައި ވާދަވެރިކަން ވަނީ އިތުރުވެފަ އެވެ.

އާ ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ ބައިވެރިޔަކީ އަންކިތާ އެވެ. އަންކިތާއާ އެކު އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ވިކީ ޖެއިން ވެސް ފެނިގެންދެ އެވެ. ރޭގެ އެޕިސޯޑްގައި ސަލްމާން ވަނީ ވިކީގެ އަމަލުތައް ހުރި ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ބިގްބޮސްގެ ގަވައިދުގައި މުގުރާލާފައިވާތީ އަންގިތާ އާއި ވިކީ ގެއިން ބޭރުވެދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މިފަހަރުގެ ސީޒަން ވެސް ހޮސްޓުކުރަނީ ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާނެވެ. މިއީ ސަލްމާން ހޮސްޓުކުރާ ބިގް ބޮސްގެ 14 ވަނަ ސީޒަނެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ޓީވީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރު ނީލް ބަޓް އާއި އޭނާގެ އަންހެނުން ޓީވީ ބަތަލާ އައިޝްވާރިޔާ ޝަރްމާ އާއި މަންނަރާ ޗޯޕްރާ، މުނައްވަރު ފާރުގީ، ނަވިދު ސޯލް، އަނޫރާގު ދޯބަލް، ސަނާ ރައީސް ހާން، ޖިގްނާ ވޯރާ، ފިރޯޒާ ހާން، ސަނީ އާރްޔާ، ރިންކޫ ދާވަން، އަރުން ސްރީކާންތު މަހާޝެޓީ، އަބީޝޭކް ކުމާރު އަދި އިޝާ މަލްވިޔާ އެވެ.