ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ހައި ކޯޓުގައި މިއަދަށް ތާވަލު ކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު 2:00 އަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައި މިވަނީ އަޑުއެހުމެއް ނުބާއްވާތާ ދުވަސްތަކެއް ފަހުންނެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.
އެ މައްސަލަ އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައި ކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމައްސަލާގައި އިއްޔެ ސިވިލް ކޯޓުން ވަނީ ޖޫރިމަނާ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމްކޮށްފަ އެވެ.
އާރަށުގެ މައްސަލާގައި އިއްވާފައިވާ ހުކުމާއެކު ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފަ އެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގަ އެވެ.
މިއަދު ހިތްތަކުގެ ރައީސް މިނިވަންވާނެ. އިންޝާﷲ