ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު ދައުލަތުގެ ދަރަނި ވަނީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެރިކަމާ މިއަދު ހަވާލުވެވަޑައިގެންނެވި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު ހުއްޓި މިހުރީ، ވަރަށް ހުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި ކަމަށާ އެއީ، ރައްޔިތުންގެ އުންމީދުތަކާއި ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ؛ ދައުރު

މި ދަތި ހާލަތަކީ ދިވެހިރާއްޖޭގެ އިގްތިސާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކު ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިއީ މުޅި ދިވެހިރާއްޖޭގެ ހަޔާތުގައިވެސް ދުށް އެންމެ ބޮޑު ދަރަނި ކަމަށްވެސް ރައީސް ވިދޅާުވި އެވެ.

."މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ މިއަދު ހަވީރު ކުރައްވަނީ. ފޮޓޯ: މަޖްލިސް

ރާއްޖޭގެ އިގްތިސޯދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި ކަމަށާ. ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ނިންމާ ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭރުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ ކަމަށާ މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރުވާނެ ކަމާށަ ހަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.