ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓް އިއުލާން ކުރައްވާ ވަޒީރުން މިނިސްޓަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބަވަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރައްވާ ވަޒީރު ކަމުގެ ފަތްކޮޅު މިރޭ ވަނީ އަރުވާފަ އެވެ.

އަލަށް އައްޔަން ކުރެއްވި ވަޒީރުން ވަޒީރުކަމުގެ ހުވާ އެބޭފުޅުން ވަނީ މިރޭ ކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަންކުރި މިނިސްޓަރުން މަގާމުގެ ހުވާ ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ރައީސް އޮފީސް

1. މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް މުޙައްމަދު ޣައްސާން މައުމޫން.

2. މިނިސްޓަ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް މޫސާ ޒަމީރު.

3. މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލީ އިހު ސާން.

4. މިނިސްޓަ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑރ. މުޙައްމަދު ޝަފީގް.

5. މިނިސްޓަ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑރ. އިސްމާޢީލް ޝަފީއު.

6. މިނިސްޓަ އޮފް ހެލްތް، ކަމުގެ މަގާމަށް ދރ. އަބްދުالله ޚަލީލް.

7. މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް މުހައްމަދު ސައީދު.

8. މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަހުމަދު ޝިޔާމް.

9. އެޓާނީ ޖެނެރަލް، ކަމުގެ މަގާމަށް އަހުމަދު އުޝާމް.

10 މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު.

11 މިނިސްޓަ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އިބްރާހީމް ފައިސަލް.

12 މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑރ. އައިޝަތު ޝިހާމް.

13. މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަބްދުالله ރާފިޢު.

14. މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ، ކަމުގެ މަގާމަށް ތޯރިގު އިބްރާހީމް.

15. މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑރ. އަލީ ހައިދަރު އަހުމަދު.

16. މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް މުހައްމަދު އަމީން.

17. މިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އާދަމް ނަސީރު އިބްރާހީމް.

18. މިނިސްޓަ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑރ. މަރްޔަމް މާރިޔާ.

19 މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ކަމުގެ މަގާމަށް އަބްދުالله މުއްތަލިބް.

20 މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، ކަމުގެ މަގާމަށް ޑރ. އައިޝަތު ރަމީލާ.

21 މިނިސްޓަ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އިބްރާހީމް ވަޙީދު.

22. މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް، ކަމުގެ މަގާމަށް އާދަމް ޝަރީފް.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ވަނީ ވަކި ކުރައްވައި ޔޫތު މިނިސްޓްރީގެ ނަމުގައާއި ސްޕޯޓްސް މިނިސްޓްރީގެ ނަމުގައި ވަކި ދެ މިނިސްޓްރީ އެއް އުފައްދަވާފަ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ވެސް ވަނީ ވަކި ކުރައްވާފަ އެވެ.

އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ އާއި ލޯކަލް ގަވަނަންސް މިނިސްޓްރީގެ ނަމުގައި ވަނީ އަލަށް ދެ މިނިސްޓްރީ އުފައްދަވާފައިވެ އެވެ.