އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އިންޑިއާއަށް ކުރި ދަތުރުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާނާއި ބަތަލާ ސޯނަމް ކަޕޫރު ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާކޮށްފި އެވެ.

ބެކަމްގެ އިންސްޓަގްރާމްގައި ވަނީ ޝާހްރުކް އާއި ސޯނަމާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ޑޭވިޑް ބެކަމް ޝާހްރުކް ޚާނަށް ޝުކުރު އަދާކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޝާހްރުކްގެ މަންނަތަށް ކެއުމަކަށް ދައުވަތު ލިބުމަކީ ޝަރަފެއް ކަމަށެވެ. މިޕޯސްޓްގައި ޝާހްރުކްގެ އަންހެނުން ގޯރީ ޚާންވެސް ވަނީ ޓެގްކޮށްފަ އެވެ.

"އަނބިމީހާ އާއި އެ މީހުންގެ ދަރިންނާއި ގާތް ރަހުމަތްތެރިންނާއެކު ކެއުމަކަށް އިންސާފު ކުރިން. އިންޑިއާއަށް ކުރި ފުރަތަމަ ދަތުރު ނިންމާލަން ކިހާ ހާއްސަ ގޮތެއް. ޝުކުރިއްޔާ. ޝާހްރުކް އާއި އޭނާގެ އާއިލާއަށް އަހަރެންގެ ގެއަށް އާދެވޭނެ" ބެކަމް ބުންޏެވެ.

މީގެ އިތުރުން ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނަގެ ފިރިމީހާ އާނަންދު އަހޫޖާގެ ފަރާތުން ވެސް ބެކަމް އަށް ރޭގަނޑުގެ ހާއްސަ ކެއުމެއް ދީފައިވެ އެވެ. އެ ހަފުލާ އޮތީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރްގެ ގޭގައި ބުރާސްފަތިވިލޭރެ އެވެ.

އެ ދައުވަށްޓަކައި ސޯނަމާއި އާނަންދާ އެކީ ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށް އެ މީހުންނަށް ވެސް ބެކަމް ޝުކުރު އަދާކޮށްފައިވެ އެވެ.

ޔުނިސެފް ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ޑޭވިޑް ބެކަމް އިންޑިއާއަށް ކުރި މި ދަތުރުގައި ބޮލީވުޑްގެ ގިނަ ތަރިންނާ ބައްދަލުކޮށްފަ އެވެ.

އިންޑިއާގެ ދަތުރު ނިންމާލަމުން ބެކަމް ވަނީ އޭނާގެ އިންސްޓަގްރާމްގައި ރީލެއް ޕޯސްޓްކޮށްފަ އެވެ. އެ ވީޑިއޯގައި އޭނާ ގައުމުގައި ހޭދަކުރި ހަނދާން ވަނީ ކޮށްފަ އެވެ.