އިސްލާމީ ގައުމު ތަކުގެ ސުލްހަ މަސަލަސްކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދޅާުވީ އޯއައިސީގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި އާއި އެކު މިއަދު ރައީސް އޮފީހުގައ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ގުޅުން ރަނގަޅު ކުރުމާ އިސްލާމީ ގަުއމުތަކުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އޯއައިސީ އާއި އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކިން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހެ ގޮތުން ރައީސް މުއިއްޒު މަޝްވަރާ ކުރެއްވި އެވެ.

އޯއައިސީގެ އޯ.އައި.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި އާއި އެކެ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މިއަދުގެ ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި ވިދާޅުވީ ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި އޯ.އައި.ސީ. އިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެކަމުގަ އެވެ. ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދޅާުވި އެވެ.

މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ދަންނަވާ ޔޫސުފް އަލް ދޮބެއި ވިދޅާުވީ އެމަނިކުފާނުގެ ގާބިލު ޒައާމަތުގައި ރާއްޖެއަށް އިންގިލާބީ ކުރިއެރުން ލިބިގެންދާނެ ކަމުގައި ޔަގީން ކުރައްވާ ކަމަށެވެ.