ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރި ޏ. ފުވައްމުލައް މިސްކިތްމަގު. މާވޭދު، މުންއިމް އަނީސް އެމަގާމުން ވަކިކޮށްފި އެވެ.
ސްޓޭޓް މިނިސްޓަރުކަމުން މުންއިމު ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ކަމަށް އެނގިފައި ވަނީ ކުރީގެ ސަރުކާރުން ދިން ސިޔާސީ މަގާމެއްގައި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އުޅެފައިވާތީ ޕީއެންސީގެ އިސް ބޭފުޅުންތަކެއް ޝަކުވާކުރުމާ ގުޅިގެންނެވެ.
މުންއިމްއަށް މި ސަރުކާރުން ވަޒީފާ ދިނީ ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ އެދިވަޑައިގެންނެވެ. މީގެ ކުރިން ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަހުމީ ހަސަން ވެސް މަގާމުން ވަކިކޮށްފަ އެވެ. އޭނާއަކީ ވެސް ފުވައްމުލަކު ބޭފުޅެކެވެ.
މުންއިމް ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުއިއްޒު ދެއްވީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓެޓް މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ އޭނާ އެކަންޏެވެ. އޭނާގެ ނަމާއި ފޮޓޯ ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު ނަގައިފަ އެވެ.
އުނބަށްޖެހުނީމައިވާނީތިޔަހެން
އުތުރުގެ ކޮންމެވެސް ރަށެއްގައި މިއީ ވަރަށް އާންމު ކަމެކެވެ. މިވާގޮތެއް އެރަށު މީހުންކައިރީގައި އަހާލީމާ ސާފުވާނެއެވެ. އެރަށު މީހުން މި ސިސްޓަމަށް ކިޔާއުޅެނީ އުބައްޖެހުމެވެ. ކުރިޔަށް އޮތްތަނުގައި މިކަން އާންމުކޮށް ފެނިގެންދާނެއެވެ.