މިދިޔަ ރިޔާސީ އިންތިހާބުގައި ބޮޑު ބައްޔަކުން ބަލިވި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނޭ ގޮތަށް ޕީއެންސީގެ ލީޑާޝިޕާ މިރޭ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުމުގައި ރައީސް މުއިއްޒުގެ އިތުރުން ޕީއެންސީގެ ފަރާތުން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ، އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމާ ގުޅެ ގޮތުން ޖޭޕީ އިން ބުނީ މިބައްދަލުވުމަކީ ޕީއެންސީއާ އެކު މަސައްކަތް ކުރިއަށް ދިއުމަށް މަޝްވަރަ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުންނާ މަޖިލިސް އިންތިހާބަށް ޕީއެންސީއާ އެކު ޖޭޕީ އިން ނިކުތުމާ ގުޅެގޮތުން މަޝްވަރާ ކުރި ކަމަށް ޖޭޕީ އިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަސް އެހެން ޕާޓީތަކާއި އެކު ގުޅިގެން ނިކުތުމަސް ޖޭޕީ އިން ވަނީ ނިންމާފަ އެވެ. އެކަމުގެ މަޝްވަރާތައް ޕާޓީތަކާއެކު ކުރިއަށް ގެންދާނެ ކަމަށް ޖޭޕީ އިން ބުނެ އެވެ.

މިބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވީ

ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ،

ގާސިމްގެ އެޑްވައިޒަރު އަހުމަދު ނިހާން،

ޕާޓީގެ ޑެޕިއުޓީ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން

ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޒްލީން

އެޑްވައިޒަރު ރިޔާޒު ރަޝީދު