ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއައިން އެއްބަސްވެއްޖެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ތުރުކީއާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ވަނީ ކޮޕް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި މި މައްސަލައަށް މަޝްވަރާކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު އިންޑިއާގެ އެންމެ އިސް ބޭފުޅުންނާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެގައުމުގެ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށެވެ.
"ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލޭނެ ކަމަށާއި މިހާރު ކުރިއަށްގެންދާ ރީތި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އެކަން ވަރަށް އަވަހަށް ހާސިލުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ޓެކްނިކަލް ލެވެލެއްގައި ދެ ގައުމުން މިކަމުގައި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން އަނބުރާ ގެންދަން އެދުމަކީ ރައީސްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބި ކަމަށެވެ. ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހެލިކޮޕްޓަރާއި ޑޯނިއަރ މިތާ އޮވެއްޖެނަމަ އިންޑިއާ ސިފައިން ނުފައިބާނެއޭ ދެން އެހެން ނަމެއްގައި އެމެން ތިބޭނީ ކޮން ކޯރ ގްރޫޕެއްތޭ ހަމަ ހެލިކޮޕްޓަރު ގަނޑާެއި ޑޯނިއަރ ގަނޑުވެސް ގެންދޭ މިގައުމުގެ އަމިއްލަ މަތިންދާ ބޯޓް ހުރި އިރު ހެލިކޮޕްޓަރު ގަނޑަކާއި ޑޯނިއަރ ގަނޑެއް ނުގަނެވި ނުހުންނާނެއޭ މުއިއްޒު އަށް އިންޑިއާ ސިފައިން ޑިޕްލޮމެސީ ތެރޭން ނުބޭލޭނެއޭ އެއީ ދުނިޔެ ދަންނަ ކަމެއް ނޫނޭ އަފްއާނުން އެމެރިކާ ސިފައިން ވެސް ބޭލީ ގަދަކަމުންނޭ އެގޮތަށް ހަދާށޭ
މިހާރު ރައްޔިތުންނަށް ވަރަށް ސާފުވެގެންދާނެ މުއިއްޒުގެ ހަގީގަތް ދެން ރައްޔިތުންނަށް ހަދާނީ ކޮން ދޮގެއް ކަން ވެސް ނޭގޭނެއޭ މަމެން ތަމެންނަށް ދައްކާދޭނަން ޔާންޓޭ ވަކި ޕާރޓީ އެއް ހެދުމުން ތަމެންނަށް ގޮންޖެހުމަކަށް ނުވާނޭ ކަމަށް މަމެން މީ ފިރިހެނުން ނެއް ނޫން ތަމެންނަށް ކުޅަދާނައެއް ނޫން މާލެ ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ދިނިއްޔާ ހަނދާން ނައްތާލާ އެކަން ކުޑަ ކަކޫ މައްޗަށް ތިރިކޮށްލާނަން ހެޔޮ އަދުރޭ ބުނާ އެންމެނަށް ވަޒީފާ ދިނަސް ހެޔޮ.