މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް މެމްބަރުންތަކެއް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ފަސް މެމްބަރަކު ވަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ބަދަލުވުމަށް ނިންމައިފަ އެވެ. އަދި އެ މެމްބަރުން ވަރަށް އަވަހަށް ޕީއެންސީއަށް ސޮއިކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަންނަނީ ބޮޑެތި އޮފާތަކެއް އެ މެމްބަރުންނަށް ހުށަހަޅަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ތިބީ މަގާމުގެ ދަހިވެތި ކަމުގައި ތިބި ބޭފުޅުން: ޖަމީލް

ރައީސް ޔާމީންގެ މައްޗަށް ފަހުން އިއްވި ހުކުމަށް އިއްޔެ އަހަރު ފުރުމާއި ގުޅިގެން ޖަމީލު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު އިއްވި ހުކުމަކީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ނުފޫޒުން އިއްވި "ހަރާމް" ހުކުމެއް ކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި އެބޭފުޅުން ކޯޓް ކައިރިއަށް ވަޑައިގެން އިހުތިޖާޖުކޮށް އެ އަޑު އޭރު އުފުލި ކަމަށް ޖަމީލް ވިދާޅުވި އެވެ.

އައްޑޫ ޝަރީފު ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފި

އައްޑޫ ޝަރީފު އެގޮތަށް ނިންމެވިކަން އިއުލާނުކޮށްފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

އަގުބޮޑު މުދާތައް ހޯދުމަށް މަންޑޭ ހުށައެޅި މައްސަލަ ހައި ކޯޓުން ބަލަނީ

މި އަމުރު މަންޑޭގެ ފަރާތުން މިދިޔަ މަހުގެ 24 ގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރިނަމަވެސް އެކޯޓުގެ ރަޖިސްޓްރާ ވަނީ އެމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާ، މައްސަލަ ބޭރުކޮށްލާފަ އެވެ.

މި މައްސަލަ އަލުން ބަލައިގަތުމަށް ނިންމާފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ރައުޔުންނެވެ.

ރާއްޖޭގައި ތިބި ބިދޭސީން ހަ މަސް ތެރޭ މެޑިކަލް ހަދަންޖެހޭ ގޮތަށް ނިންމައިފި

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހީމް ވިދާޅުވީ އެކި ބޭނުންތަކަށް ރާއްޖެ އަށް ގިނަ ދުވަހު އަންނަ ހުރިހާ ބިދޭސީން އޮންއެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން މީގެ ފަހުން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު ވެސް، 15 ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 17 ގައި ބާއްވަން ނިންމައިފި

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ އިންތިހާބީ ދާއިރާކަށް ވާދަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓް 1،200 ޑޮލަރަށް މަތިކުރަން ނިންމައިފި

އެގޮތަށް ސަރުކާރުން ނިންމީ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ފެބްރުއަރީ 1 އިން ފެށިގެން އެ އަދަދު 1,200 ޑޮލަރަށް މަތި ކުރުމަށެވެ.

ވެރިކަމަށް މަހެއްހާ ދުވަސް ފަހުން ޕޮލިސް ކޮމިޝަނަރަކު އައްޔަންކޮށްފި

ފުލުހުންގެ އެންމެ މަތީ ވެރިއަކަށް ބޭފުޅަކު ރައީސް މުއިއްޒު މި ހަމަޖެއްސީ ވެރިކަމަށް ވަޑައިގެންނެވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ޝުޖާއު އަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ރައީސް އޮފީހުގަ އެވެ. ޝުޖާއު މިހާތަނަށް ހުންނެވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.