ކުރީގެ ސަރުކާރުގައި ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލު ކުރަން މި ސަރުކާރުން ނިންމި ނިންމުން ކުށްވެރި ކުރައްވައި އެ ނިންމުން ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.
ވިސާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގަމުގައި ގާއިމު ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލްގެ ދިރާސާތައް ނިމިފައި އޮއްވައި އެ ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމި ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ގަމުގައި ކެންސަރު ހޮސްޕިޓަލު އަޅަން ނިންމީ ސިޔާސީ ބޭފުޅުންނާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒުގަދަ އެތަކެއް ބޭފުޅުންނެއް އެ ހޮސްޕިޓަލު މާލޭގައި އެޅުމަށް އެދެމުން ދަނިކޮށް ކަމަށާއި އެ ނިންމުމާއެކު އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލު ގާއިމްކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސަބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން އެ ރިޕޯޓް ފާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ވިސާމް ވިދާޅުވީ ކުރީގެ ސަރުކާރުން ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި އޮއްވާ އެ ޚިދުމަތް ނުލިބޭ ކަމަށް ބުނެ ކެންސަރު ހޮސްޕިޓަލު ބަދަލުކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ސަރުކާރުން ފަށާފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހުއްޓައި ރޭވިފައިވާ ގޮތަށް ކުރިއަށްގެންދާނެ ގޮތުގެ ވައުދާއެކު ކަމަށްވީއިރު މިއީ ގަމުގެ ތަރައްގީއަށް އަދި އަތޮޅުގެ ކުރިއެރުމާ ނުހަނު ގުޅިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެވެ،" ވިސާމްގެ ބަޔާނުގައިވެ އެވެ.
ވިސާމް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ބާރުތަކެއް މާލެއަށް މަރުކަޒު ކުރުމަށް ކަމަށާއި، އެ ސަގާފަތް އަލުން އިއާދަކޮށް، ކެންސަރު ހޮސްޕިޓަލްފަދަ ބޮޑެތި މަޝްރޫއެއް މާލެއަށް އަލުން ބަދަލުކުރީ އެ މަޝްރޫއު ހުއްޓުވުމަށް ކަމަށެވެ. އެހެންވެ، އެ ނިންމުން ސަރުކާރުން ބަދަލުކޮށް ކުރިއެކޭ އެއްގޮތަށް ގަމުގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް ވިސާމް ވަނީ ގޮވާލައްވައިފަ އެވެ.
ގަމުގައި ރަނގަޅު ވާނީ ހަމަ މެންޓަލް ހޮސްޕިޓަލެއް އަޅަން. ތިޔަ ކަހަލަ މެންބަރުންނަށް ފަރުވާ ދިނުމަށްވެސް އެހޮސްޕިޓަލު އޭރުން ބޭނުން ކުރެވޭނެ. މަޖިލިސަށް އައިސް ވީ ކަމެއް ނެތް. ތިމާއަށް މުއްސަދި ދިރިއުޅުމަކަށް ބަދަލުވުން ފިޔަވައި. ރައްޔިތުންނަށް ފައިދާ ހުރި އެއް ކަމެއްވެސް ނުކުރޭ.. އެމްޑީޕީ ސަރުކާރުން ތިޔައީ ރައްޔިތުން ސިއްހީ ނުރައްކަލަށް ވައްޓާލާފައި. ބޮޑު ބާގީ އާއި ޗޯރޭ ވެގެން
ވަޒީރުންނަށް މަޖްލީހުގެ ރުހުން ނުދިނުން ވަރަށް ރަނގަޅު ކަމެކޭ ރުހުން ދޭން ފެންނަ އެކަކުވެސް ނެތޭ ތިތަނުގައި ރުހުންދޭނީ ދެން އަންނަ މަޖްލީހެއްގައޭ އެ މަޖްލީހުން ޕީއެންސީ އަށް ގިނަ ގޮނޑި ލިބިއްޖެނަމަ އެނޫންނަމަ ދީގެން ނުވާނެއޭ މުއިއްޒު އެވަނީ ރައީސް ޔާމީނަށް ޚިޔާނާތް ތެރިވެފައޭ ދެން އޭނާގެ ވަޒީރުންނަށް ރުހުން ދީފިނަމަ އެމެން ރައްޔިތުންނަށް ޚިޔާނާތް ތެރިވާން ފަސްވެސް ނުޖެހޭނެއޭ ނުދޭތި ރުހުން ރަސްމާލޭ ހިއްކަން ނަމުގައި ކުރަނީ ބޮޑު ވައްކަމޭ
ކެންސަރު ހޮސްޕިޓަލު އަޅަން ޖެހޭނީ ހަމަ މާލެ ސަރަހައްދުގައި.. އެއްވެސް ފެސިލިޓީއެއް ނެތް ތަނެއްގައި އަޅައިގެން ވާނެ ފައިދާއެއް ނޯނާނެ. އިތުރު ކަމެއް ޖެހިއްޖެނަމަ އެކަމުގައި ދޭނެ ފަރުވާއެއްވެސް ނެތް..